ލިޔުނީ: އަޒްހީން

ދިގު އުމުރު ލިބިފައިވާ މީހުން އުޅޭ ގައުމުތައް ހޯދަން ސައިންސްވެރިން ވަނީ ބްލޫ ޒޯންގެ ނަމުން ނަން ދީފައިވާ ސަރަޙައްދުތަކުން ފާހަގަކޮށްލެވޭ މައުލޫމާތުތަކެއް ހޯދާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާ އާދަޔާ ހިލާފު ދިގު އުމުރުގެ ހިސާބަކީ ދިގު އަދި ފުރިހަމަ ދިރިއުޅުމެއް އުޅުމުގެ ސިއްރުތައް ދެނެގަތުމުގެ ތަޅުދަނޑިއަށް ވެދާނެ ކަމަށް ސައިންސްވެރިން ޤަބޫލް ކުރެއެވެ.

މިލިޔުމުގައި މިބަލާލަނީ ދުނިޔޭގައި އެންމެ އުމުރު ދިގު ކަމަށް ފާހަގަ ކުރެވިފައިވާ ބައެއް ޤައުމުތަކަށެވެ.

މޮނާކޯ - ފްރާންސްގެ ރިވީރާގައި އޮތް މޮނާކޯ އަކީ ދިގު އުމުރުގެ ފާހަގަ ކޮއްލެވޭ ކުޑަކުޑަ ގައުމެކެވެ. ޖުމްލަގޮތެއްގައި ދުނިޔޭގެ އެންމެ މަތީ އުމުރުގެ މީހުން އުޅެނީ މިގައުމުގައެވެ.

އެވްރެޖް އުމުރަކީ 89.73 އަހަރެވެ.

ބޭނުން ކުރަނީ އާދައިގެ ކާނާ: މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ މެޑިޓެރޭނިއަން ކާނާއެވެ.

ސެން މެރީނޯ: އިޓަލީގެ ތެރޭގައި އޮންނަ ސެން މެރީނޯ ގެ މީހުންގެ އުމުރު އުމުރުން ހައިރާންކޮއްލައެވެ. މި ދިގު އުމުރުގެ ސިއްރަކީ އިގްތިސާދީ ހަމަޖެހުމާއި މުޖުތަމައުގެ ހަރުދަނާކަން ފަދަ ސަބަބުތައް ކަމަށް ސައިންސުވެރިން ލަފާކުރެއެވެ.

އެވްރެޖް އުމުރަކީ 83.01 އަހަރެވެ.

އާދައިގެ ޑައިޓް: އިޓަލީގެ އެމިލިއާ-ރޮމަގްނާ އަދި މާޗޭ ސަރަހައްދުގެ ކެއުންތަކާ އެއްގޮތް

އައިސްލޭންޑް - ހިތްގައިމު މާހައުލެއްތެރޭގައި ދިރިއުޅޭ އައިސްލޭންޑްގެ ރައްޔިތުން ކެއުމަށް ބޭނުންކުރަނީ މަހާއި އެގައުމުގައި ހައްދާ މޭވާއާއި ތަރުކާރީން ފުރިފައިވާ މުއްސަނދި ކެއުންތަކެވެ.

އެވްރެޖް އުމުރަކީ 81.28 އަހަރެވެ.

އާދައިގެ ކާނާ: މަސް، ގުދުރަތީ ވިނަތަކުން ކައި އުލޭ ބަކަރި، ވައިލްޑް ގޭމް، ކަޅު ސައި، ތަރުކާރީ، ވައިލްޑް ބެރީ އަދި ހޯލް ގްރެއިންސް

ޖަޕާން (އޮކިނާވާ) - ޖަޕާނުގެ އޮކިނާވާ އައިލެންޑުން ދިގު އުމުރުގެ ސިއްރަކީ އާދަޔާ ހިލާފު ސަގާފީ ކެއުންތަކާއި އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ނިހާޔަތަށް ބޯލެނބުމެވެ.

ޖަޕާނުގެ އެހެން ހިސާބުތަކާ އަޅާބަލާއިރު އޮކިނާވަންގެ އެވްރެޖް އުމުރު 100 އަހަރަށް އެރުމުގެ ފުރުސަތު ފަސް ގުނަ އިތުރުއެވެ.

އާދައިގެ ކާނާ: ގިނައަދަދަކަށް މަހާއި ސޯޔާ، ދޮޅި އާއިލާގެ ތަރުކާރީތައް އަދި ފަތްޕިލާވެލީގެ ބާވަތްތައް

އަންޑޯރާ: ޕައިރެނީސް ފަރުބަދަ ތަކުގައި އޮންނަ މި ޔޫރަޕްގެ ކުޑަ ގައުމަކީ އެކްޓިވް ލިވިން އާއި ހިތްގައިމު މެޑިޓެރޭނިއަން އިންސްޕަޔާޑް ކެއުންތައް އެކުލެވިގެންވާ ގައުމެކެވެ.

އެވްރެޖް އުމުރަކީ 82.51 އަހަރެވެ.

އާދައިގެ ޑައިޓް: އަވަށްޓެރި ގައުމުތަކުން ހޯދާ މަހުން ފުރިފައި، ތަރުކާރީ އަދި ގެރި/ބަކަރި/ފުއްލާ މަސް ފަދަ މަސް ހުންނަ މެޑިޓެރޭނިއަން އިންސްޕަޔާޑް ކަނާ

ހޮންގްކޮންގް - ހޮންގްކޮންގް އަކީ ދިގު އުމުރުގެ މިޙުންތަކުން ފުރިފައިވާ، ފަތިހު ކަސްރަތު ކުރުމާއި ހައިކް ކުރުން ފަދަ ފަދަ ހަރަކާތްތައް ކުރާ، ކެންޓޯނީޒް ކެއުންތަކަށް ލޯބިކުރާ ގައުމެއް

އަންހެނުންގެ އެވްރެޖް އުމުރަކީ 86.7 އަހަރު، ފިރިހެނުންނަށް 80.5 އަހަރު

އާދައިގެ ޑައިޓް: ކެންޓޯނީޒް ކެއުން، ސްޓީމްކޮށްފައިވާ މަހާއި ތަރުކާރީއަށް ބާރު އަޅާ

މިޤައުމުތަކުން ދިގު އަދި ހަރުދަނާ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ތަފާތު މަގުތައް ދައްކުވައިދެއެވެ. މިއިން ކޮންމެ ޤައުމަކުންވެސް، ކެއުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، މުޖުތަމަޢުގެ ތަފާތު ހަރުދަނާ އުޅުންތައް ހާމަކޮށްދެއެވެ.