ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރާއްޖޭގެ ސެންޓްރަލް ރީޖަންގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގެ ރައްޔިތުންނަށް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ މެދުނުކެނޑި ކުރަމުންނެވެ.

މިގޮތުން ނ. ހޮޅުދޫ، ޅ. ހިންނަވަރު އަދި އދ. މާމަގިލީގައި މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް އެބަ ކުރިއައްދެއެވެ.

އެގޮތުން މިވަގުތު ޅ. ހިންނަވަރުގެ ނުރާނީމިގުގެ 8 ނަންބަރު މަގުގައި ކީވޯލް ޖެހުމުގެ މަސައްކަތާއި، ޕޭވިންގެ މަސައްކަތާއި، ޑެއިޒީ މަގުގައި ބައްތި ޖެހުމުގެ މަސައްކަތުގެ އިތުރުން ކޭބަލް ޖަންކްޝަން ލެވެލްކުރުމުގެ މަސައްކަތްވެސް އެބަކުރިއައްދެއެވެ. ނ. ހޮޅުދޫ ކާމިނީ ހިނގުމުގެ ސްޓޯރމް ވޯޓަރ ޖެންކަޝަން ބެހެއްޓުމުގެ މަސައްކަތާއި، މޭނާ ސްކޫލްގައި ސްޓޯރމް ވޯޓަރ މަތި ކާސްޓުކުރުމުގެ މަސައްކަތާއި، ޕޭވިންގެ މަސައްކަތުގެ އިތުރުން ސްޓޯމް ވޯޓަރ ހޮޅި އެޅުމުގެ މަސައްކަތްތައް އެބަ ކުރެއެވެ. އދ. މާމަގިލީއައް ބާލާލާއިރު އެރަށު ރައްދެބައި މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތާއި، ސްޓޯރމް ވޯޓަރ ޖަންކްޝަންތައް އެއްވަރު ކުރުމާއި، ސައިޓުގައި ކާރބް ސްޓޯން އެޅުމުގެ މަސައްކަތް އާރުޑީސީއިން އަންނަނީ ކުރަމުންނެވެ.

އާރްޑީސީން މި މަސައްކަތްތައް ކުރިއަށް ގެންދަނީ ސީއެސްއާރު މަސައްކަތްތަކުގެ ދަށުންނެވެ. މި އާރްޑީސީން އަންނަނީ ސީއެސްއާރުގެ ދަށުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް އެކި މަސައްކަތް ކުރަމުންނެވެ.